އޭދަފުށިން ކޮވިޑް ޖެހުނު 81 އަހަރުގެ މީހަކު ރަނގަޅު ވެއްޖެ

ބ.އޭދަފުށީގައި ގާއިމްކޮށްފައި ހުރި ކޯވިޑް ފެސިލިޓީގައި ފަރުވާދިން 81 އަހަރުގެ މީހާ ބަލިން ރަގަޅުވެ ދޫކޮށްލައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، 15 ދުވަސް ވަންދެން ފަރުވާ ދިނުމަށް ފަހު އެ ފިރިހެން މީހާ ބަލިން ރަނގަޅުވުމުން ދޫކޮށްލާފައި ވާކަމަށާއި، މިހާރުވެސް އުމުރުން ދުވަސްވީ ބަލިހާލު ބޮޑު އިތުރު މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ.

ކޯވިޑްއަށް ޕޮޒިޓިވްވެގެން އެ މީހާ އެޑްމިޓް ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!