އޮޔާ އައިސް މާލެ އަތޮޅު ގުޅީ ފަޅުތެރެއަށް ލެއްގި ޖެޓްސްކީއެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފައެވެ.
ފުލުހުން ވިދާޅުވީ ޖެޓްސްކީއެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މި ޖެޓްސްކީ ފެނިފައިވަނީ ކ.ގުޅީ މޫދު ކައިރިން ރާޅުޖަހާ ސަރަހައްދުން ކަމަށެވެ.
މި ޖެޓްސްކީ އާއި ބެހޭ މައުލޫމާތު އެނގޭ ފަރާތެއް ހުރިނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 464648 ވިދާޅުވުމަށް ފުލުހުންވަނީ އެދިފައެވެ.