ކުޅުދުއްފުށިން ނިޔާވި މީހަކު ކޮވިޑަށް ޕޮޒިޓިވް

ހދ.ކުޅުދުއްފުށިން ނިޔާވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އަބޫބަކުރު ވިދާޅުވީ ކުޅުދުއްފުށީގައި ފުރަބަންދު ކަރަންޓީނުގައި ހއ. ކެލާއަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ ފިރިހެނެއް މަރުވެފައިވާ ކަމަށާއި އަދި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ފަހު، މާލެއިން އެނބުރި ކުޅުދުފުއްޓަށް ދިޔަ އެމީހާ މަޑުކޮށްގެން ހުރީ ކުޅުދުއްފުށީ އައިސޮލޭޝަން ފެސިލިޓީގައި ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދަން ބޭނުންވެގެންނެވެ. 

މަރުވި ފަހުން، އެމީހާ ކޮވިޑަށް ޓެސްޓްކުރިއިރު ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!