ކުޅުދުއްފުއްޓަށް ދަތުރުކުރި ދޯންޏެއް ދިޔަވެ، އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، 4 މީހުންނާއި އެކު ހުޅުމާލެއިން ފުރައިގެން ހދ ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކ. ޒިޔާރަތްފުށި ކައިރިން ދިޔަވާކަމުގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީ، ދިޔަވުން ކޮންޓްރޯލް ކޮށްދީފައިވާ ކަމަށެވެ.
ދިޔަވެފައިވަނީ މުދާއުފުލާ ދޯންޔެއް ކަމަށްވާ “އާސިމް” ކަމަށާއި މި ހާދިސާގެ މައުލޫމާތު އެމްއެންޑިއެފް އަށް ލިބިފައިވަނީ ފަތިހު 5:58 ހާއިރު ކަމަސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.