ޝަމީތާއަށް ވަރުގަދަ ވެބް ސީރީޒެއް

ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީ އަށް ވަރުގަދަ ވެބް ސީރީޒެއް ކުޅެން ލިބިއްޖެއެވެ.

ބޮލީވުޑްގައި މިހާތަނަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިފައިވާ ޝަމީތާ ސޮއި ކޮށްފައިވާ ވެބް ސީރީޒަކީ ސްކެންޑެނީވިއާގައި މަޝްހޫރުކަން ހޯދި މިސްޓްރީ ސިލްސިލާ “ބްލެކް ވިޑޯޒް” ގެ އިންޑިއާގެ ވާޝަނެވެ. އޭތި އިންޑިއާގެ އޯޑިއަންސަށް ގެނެސްދޭނެކަން ކުރިން ވެސް އިއުލާންކޮށްފައި ވަނިކޮށް، ހުކުރު ދުވަހު ވަނީ ކާސްޓުން އިއުލާންކޮށް ޝޫޓިން ވެސް ފަށާފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.

ކަލްކަތާގައި ޝޫޓްކުރާ ސީރީޒާ ބެހޭ ގޮތުން ޝަމީތާ ބުނީ އޭނާ އެއަށް އެއްބަސްވި މައިގަނޑު އެއް ސަބަބަކީ “ބްލެކް ވިޑޯޒް” އަކީ މީގެ ކުރިން އިންޑިއާގެ އޯޑިއަންސް ތަޖުރިބާނުކުރާ ކަހަލަ ޖޯންރާއަކަށް ހަދާފައިވާ އެއްޗަކަށްވުމެވެ.

“މީގެ ހައިލައިޓަކީ ޑާކް ހިއުމާ. އަހަރެމެން މުޅި ޓީމް މަސައްކަތްކުރާނަން ބްލެކް ވިޑޯޒްގެ އޮރިޖިނަލް އިން ގެނެސްދިން އަސަރު އިންޑިއާ ވާޝަނުން ވެސް ގެނެސްދޭން.” ޝަމީތާ ބުންޏެވެ.

ބެންގާލީ ޑައިރެކްޓަރު ބިރްސާ ސެންގުޕްތާ ޑައިރެކްޓު ކުރާ މި ސީރީޒް ސްޓްރީމް ކުރާނީ ޒީ5 އިންނެވެ. އަދި ދެ ސީޒަނަކަށް ބަހާލައިގެން ގެނެސްދޭން ނިންމާފައިވާ އިރު، ފުރަތަމަ ސީޒަން މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސްޓްރީމްކުރަން ފަށާނެއެވެ.

“ބްލެކް ވިޑޯޒް” އަކީ މީގެ 5 ވަރަކަށް އަހަރުކުރިން ދެއްކި ފިންލެންޑްގެ ވަރަށް ކާމިޔާބު ސިލްސިލާއެކެވެ. ހަމައެހެންމެ، އެކި ގައުމުތަކުން މިހާތަނަށް މީގެ ވާޝަންތައް ގެނެސްދީފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!