ދިވްޔަންކާ ސުޝާންތު ދެކެ ހަސަދަވެރިވާ ކަމަށް ބުނުމުން ވަރުގަދަ ރައްދެއް ދީފި

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ތެރެއިން މަސްތުވާތަކެތީގެ ތުހުމަތުގައި މިއަދު ރިއާ ހައްޔަރު ކުރުމުން، އިންޑިއާގެ ތަރިންގެ މެދުގައި ވަނީ ދެބަސްވުމެއް އުފެދިފައެވެ.

އެގޮތުން ބޮލީވުޑްގެ ތަރިންނާއި ޓީވީ އިންޑަސްޓްރީގެ ތަރިންގެ ތެރޭގައި ވެސް އެއްބަޔަކު އަންނަނީ ރިއާ ދިފާއުކޮށް ޓުވީޓުކުރަމުންނެވެ. އޭގެތެރެއިން ޓީވީ އެކްޓްރެސް ދިވްޔަންކާ ޓްރިޕަތީ ކުރި ޓްވީޓެއްގައި ރިއާއާ އެއްކޮޅަށް ހުރިހެން ހީވެގެން ސުޝާންތުގެ ފޭނުން ވަނީ ދިވްޔަންކާ އަށް ފާޑުކިޔައިފައެވެ. އަދި އެ ފާޑުކިޔުންތަކަށް ދިވްޔަންކާ ރައްދުދީފައި ވެސް ވެއެވެ.

އެގޮތުން އިއްޔެ ދިވްޔަންކާ ފުރަތަމަ ކުރި ޓުވީޓުގައި ހިންދީ ބަހުން ލިޔަމުން ބުނީ، ކަމަކާ ބެހޭގޮތުން އެމީހެއް ދެކޭގޮތް ފާޅުކޮށް ބަހުސް ކުރުމަކީ އޮންނަ ކަމެއް ކަމަށާއި، ނަމަވެސް އެހެން މީހެއްގެ މައްޗަށް ހަގީގަތެއް ނެތް ބަދުނާމު އެޅުވުމަކީ ހަޑިކަމެއް ކަމަށެވެ. އަދި ހަގީގަތް ނޭނގެނީސް އެމީހަކަށް ހީވާ އެއްޗެއް ގަބޫލު ކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް ވެސް ބުންޏެވެ. އެއާއެކު ސުޝާންތުގެ ފޭނުންނަށް އެ ޓުވީޓު ފެނުނީ ރިއާގެ ދިފާއުގައި ލިޔެފައި އޮތް އެއްޗެއްގެ ގޮތުގައެވެ. އެގޮތުން ބައެއް ފޭނުން ވަނީ އެއަށް ރައްދުދީ، ދިވްޔަންކާގެ އަގު ވެއްޓިއްޖެ ކަމަށް ބުނެފައެވެ.

“ސުޝާންތަށް އިންސާފު ހޯދައިދޭން ތިހެން ހިންދީ ބަހުން ދިގު ލިޔުމެއް ނުލިޔުނީ ކީއްވެ؟ މިހާރު ތި އެއްޗެހި ތި ލިޔަނީ ސަމާލުކަން ހޯދަން”، އެކަކު ލިޔެފައިވެއެވެ. ނަމަވެސް އެއަށް ރައްދުދެމުން “ޔޭ ހޭ މޮހައްބަތޭ” ގެ ތަރި ބުނީ އޭނާ ދެއްކީ ކޮންމެ މީހަކުވެސް ބޭކާރު ޒުވާބުތަކުން ދުރުވުމުގެ ވާހަކަ ކަމަށެވެ. އަދި އެއީ ސުޝާންތާ ގުޅުންހުރި ޓްވީޓެއް ނޫންކަން ވެސް ދިވްޔަންކާ ހާމަކުރިއެވެ.

އެހެނަސް ދިވްޔަންކާގެ ވާހަކަ ގަބޫލު ކުރަން ދެކޮޅުހަދައި އެކަކު ބުނީ އެއީ ހުސް ހަސަދަވެރިކަން ކަމަށެވެ. “އެމީހުން އެންމެން އެއުޅެނީ ސުޝާންތުދެކެ ހަސަދަވެރިވެގެން”، ޕޫރަބީ ރޯއީ ނަމަކަށް ކިޔާ މީހަކު ލިޔެފައިވެއެވެ.

ހަސަދަވެރިވާ ކަމަށްބުނެ ލިޔުމުން ދިވްޔަންކާ ވަނީ އަނެއްކާވެސް އެއަށް ރައްދުދީފައެވެ. އެގޮތުން 35 އަހަރުގެ ބަތަލާ ދިން ވަރުގަދަ ރައްދުގައި ބުނީ ހަގީގަތް ނޭނގިހުރެ ކޮންމެފަދަ އެއްޗެއް ވެސް ބުނެފާނެ ކަމަށެވެ. އަދި ސުޝާންތު ދެކެ ހަސަދަވެރި ނުވާކަމަށް ބުންޏެވެ. “އަހަރެން ފަހުރުވެރިވޭ ސުޝާންތަށް ކުރިން ލިބިފަ އޮތް ޓީވީ ގެ ލޭބަލް އާއެކު ވެސް ގޮސް ބޮލީވުޑްގަ ވަރުގަދަ ނަމަކަށް ވީތީ. ޓީވީ އެކްޓަރުންގެ ހިތްވަރާއި ދިމާވާ ދަތިތައް އެންމެ ރަނގަޅަށް އެނގޭނީ ވެސް ހަމަ ޓީވީ އެކްޓަރަކަށް. ސުޝާންތާމެދު ވެސް އަދި މިހާރު ޓީވީ އިން ނުކުމެގެން ފިލްމީ ދާއިރާގަ ގަދައަޅައި މަސައްކަތް ކުރަމުންދާ އެންމެންނާމެދު ވެސް އަހަރެން ފަޚުރުވެރިވަން”، ދިވްޔަންކާ ހާމަކުރިއެވެ.

  1. ސުޝާންތު ނަމަކަށް ކިޔާ އިންޑިޔާ ސޮ** އަމިއްލައަށް މަރުވީމާ ދިވެހި ނޫސްތަކުގާ މިދެން ކޮން ކަމެއް؟؟

    6
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!