ޕާތަށް އާލިއާ އާއެކު ފިލްމެއް؟

ސްޓާ ޕްލަސް ގެ “ކަސޯޓީ ޒިންދަގީ ކޭ 2” ގައި އަނުރާގްގެ ރޯލު ކުޅޭ އެކްޓަރު ޕާތު ސަމްތާނަށް ބޮލީވުޑްގެ ފިލްމެއް ލިބިއްޖެ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ހާމަކޮށްފިއެވެ.

29 އަހަރުގެ ޓީވީ އެކްޓަރަށް ލިބިފައިވާ ފިލްމަކީ މަޝްހޫރު ބަތަލާ އާލިއާ ބަޓާއެކު ކުޅޭ ލޯބީގެ ފިލްމެއް ކަމަށް ‘ޓައިމްސް އޮފް އިންޑިއާ’ އިން ރިޕޯޓުކުރެއެވެ. ވަރަށް އިތުބާރުހިފޭ މަސްދަރަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ އެ ފިލްމަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު ކަމަށާއި، އޭގެ ނަމަކީ “ގަންގޫބާއީ ކަތިއާވަދީ” ކަމަށެވެ.

ފިލްމުގައި މައިގަނޑު ގޮތެއްގައި ހިނގާ ހާދިސާއަކީ، ޒުވާން އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާ މަޖުބޫރުކޮށްގެން ހަށިވިއްކަން ނުކުތުމެވެ. އަދި އެ ރޯލު ކުޅޭނީ އާލިއާ ބަޓް ކަމަށް ވާހަކަ ދެކެވެއެވެ. ޕާތު ކުޅޭނީ އާލިއާގެ ލޯބިވެރިޔާގެ ރޯލު ކަމަށް ވެސް ބުނެއެވެ.

ބެލެވޭ ގޮތުގައި ޕާތު ކަސޯޓީ އިން ވަކިވާން ނިންމީ ވެސް އެ ފިލްމު ލިބުމުންނެވެ. އަދި ޓީވީ އިން ބްރޭކެއް ނަގައިގެން، ބޮލީވުޑްގެ މަސައްކަތްތަކަށް ފުރިހަމައަށް ވަގުތު ދިނުމަށް ޕާތު ނިންމާފައިވާ ކަމަށް ވެއެވެ. ނަމަވެސް “ގަންގޫބާއީ ކަތިއާވަދީ” އާ ބެހޭގޮތުން ޕާތު މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!