މިއީ ރިއާ ގެ އަނގަ ހުޅުވަންވީ ވަގުތުކަމަށާއި ހުރިހާ އެއްޗެއް ތެދަށް ކިޔައިދޭންވީ ވަގުތުކަމަށް ކުއީންގެ އެކްޓްރެސް ކަންގަނާ ރަނޯޓްބުނެފިއެވެ. ރަންގަނާއަކީ 14 ޖޫންގައި މަރުވި ސުޝާންތު ސިންގު ރާޖުޕުތުއަށް އިންސާފު ހޯދައިދޭންޖެހޭ ކަމަށްބުނެ އެންމެ ބާރަށް އަޑު އުފުލަމުން އަންނަ އެއް އެކްޓްރެސްއެވެ. އަދި ބޮލީވުޑުގެ ތެރޭގައި ޑުރަގުގެ މުއާމާލާތްތަށް ފުޅާދާއިރާއެއްގައި ހިގަމުން އަންނަ ކަމަށްވެސް ފައުޅުކަން ބޮޑުގޮތެއްގައި ކަންގަނާ އަންނަނީ ބުނަމުންނެވެ.
ޑުރަގުގެ މުއާމަލާތްތަށް ހިންގާކަމަށް ތަހުޤީޤަށް ސާބިތުވެ ރިއާ ޗަކްރޮބަތީ މިއަދު ޕޮލިސް ކަސްޓަޑީއަށް ގެންގޮސްފައިވާއިރު ގިނަ ބަޔަކު އަންނަނީ އެމީހުންގެ ހިޔާލު ފައުޅުކުރަމުންނެވެ. އެއީ ސުޝާންތުގެ މަރުގެ މައްސަލައަށްވެސް ލިބުނު ބޮޑު ކުރިއެރުމެއްކަމަށްދެކޭ ކަންގުނާ ޕިންކު ވިލާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ރިއާއަކީ ސުޝާންތުގެ މައްސަލައިގެ ވަޅުކޮންނަށް ގެންގުޅު ހަތިޔާރު ކަމަށެވެ. އެކަމުގެ ފަހަތުގައި އަސްލު ތިބި މީހުންގެ ނަންތަށް ހާމަކުރަން ޖެހޭކަމަށް ކަންގުނާވަނި ބުނެފައެވެ.
ސުޝާންތުގެ ކެރިއަރު ބަރުބާދުކުރުމަށް މަސައްކަތްކުރި ބަޔަކާއި އޭނާ ބަދުނާމުކޮށް ފިލްމުތަށް އަތުލި މީހުންގެ އިތުރުން ސުޝާންތަށް ޑުރަގުދީ މޮޔައެއްގެ ލަގަބުދޭން މަސައްކަތްކުރި ބައެއްގެ މައުލޫމާތުވެސް ހާމަކުރުމަށް ކަންގަނާ ވަނީ ރިއާއަށް ގޮވާލާފައެވެ. މިއީ އެނަންތަށް ހާމަކުރަންވީ ވަގުތުކަމަށާއި އެހެންނޫންނަމަ އަނެއްކާވެސް މާބޮޑަށް ލަސްވެދާނެކަމަށް ކަންގުނާ ވަނީ ބުނެފައެވެ.
14 ޖޫންގައި މަރުވި ޒުވާން އެކްޓަރެސްގެ މަރަށް 3 މަސް ވުމަކާ ގާތްވެފައިވާއިރު މި މައްސަލައިގެ އެތަށް އެތަށް ހުލާސާއެއް ކޮންމެ ދުވަހަކުވެސް އަންނަނީ ފެންމަތިވަމުންނެވެ.