ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލައިގެ ތެރެއިން ކުރި ފަޅައިގެން އައި ބޮލީވުޑުގެ ޑުރަގު މާފިޔާގެ މައްސަލަގައި ރިއާ ހިމެނޭކަން ސާބިތުވެ ރިއާވަނީ ހައްޔަރުކޮށްފައިއެވެ. މުމްބާއީގެ އެންބީސީއިން ތަހުޤީޤުކުރަމުންދިޔަ މި މައްސަލައިގައި މީގެކުރިން ވަނީ ސުޝާންތު ސިންގި ރާޖުޕުތުގެ ނޯކަރާއި ހޯމް މެނޭޖަރުގެ އިތުރުން ރިއާ ޗަކްރޮބަތީގެ ކޮއްކޮ ވެސް ހައްޔަރުކޮއްފައެވެ.
އެހެން ނަމަވެސް ރިއާ ހައްޔަރުކުރުމާއި ގުޅިގެން ސުޝާންތަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރަމުންދިޔަ ކޮންމެ މީހެއްގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިގެން ހިގައްޖެއެވެ. އެކަމާ އުފާ ފައުޅުކުރާ އެކަކީ ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަދި ފުރަތަމަދުވަހުން ފެށިގެންވެ ސުޝާންތަށް އިންސާފުހޯދައިދިމުނަށް މަސައްކަތްކުރަމުންއައި އަންކިތާ ލޮކަންޑޭއެވެ.
ރިއާ ހައްޔަރު ކުރުމާއެކު އަންކިތާވަނި އޭނާގެ އިންސްޓަގުރާމްގައި މާނަފުން ޕޯސްޓެއް ކޮއްފައެވެ. އަންކިތާ ބުނެފައިވަނި އެއްވެސްކަމެއް ހަމަހުރެފަ ނުވާނެކަމަށެވެ. އެމީހަކަށް ދިމާވާކަމެއް ދިމާވަނި އެމީހަކަށް ކުރެވޭ ކަންތަށްތަކެއްގެ ސަބަބުންކަމަށާއި އަދި ކަރުމާއަކީ ނޫނީ އުސޫލަކީ އެއީކަމަށް އަންކިތާ އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެކުރިންވެސް އަންކިތާވަނީ ސުޝާންތުގެ މައްސަލައިގައި މިފަދަ މާނަފުން އެތަށް ޕޯސްޓްތަކެއް ކޮއްފައެވެ. އަދި އެކަމާގުޅިގެން ރިއާ ޗަކްރޮބަތީވަނި އެތަށް ފަހަރަކު އަންކިތާ ބަހުގެ ހަމަލާދީ ތުހުމަތުތަށްވެސް ކޮއްފައެވެ. އެހެން ނަމަވެސް އެއިން ކޮންމެ ތުހުމަތެއްގެ ޖަވާބު ހެއްކާއެކު އަންކިތާ ދީފައިވާއިރު ބަހުގެ ހަމަލާތަކަށްވެސް ޖަވާބުދީފައިވަނީ ސާބިތުކަމާ ކެއްތެރިކަމާއެކުގައެވެ.