އެންމެ ފަހުން ރިއާ ވެސް ހައްޔަރުކޮށްފި

ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލައިގެ ތެރެއިން ފެންމަތިވި ޑުރަގުގެ މައްސަލައިގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރޮބަތީ ހައްޔަރުކޮއްފިއެވެ. ސީބީއައި ތަޙުޤީޤުކުރަންފެށި މައްސަލައިގެ ތެރެއިން ރިޓްރައިވްކުރި ރިއާގެ ވަޓްސްއަޕް ޗެޓުގައި ޑުރަގާއި ގުޅުންހުރި ވާހަކަތަކެއް ދެކެވިފައިވާކަން ފެންމަތިވެ މީގެ ދުވަސްކޮޅެއްކުރިން މި މައްސަލަވަނީ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ބަލަން ފަށާފައެވެ.

ފާއިތުވި 3 ދުވަސްތެރޭގައި 25 ގަނޑިއިރެއްހާއިރު ރިއާއާއި ސުވާލުކުރުމަށްފަހު މިއަދު އޭނާވަނީ ބޮލީވުޑުގެ އެކްޓަރުންނާއި އެކްޓަރެސްއިންނަށް ޑުރަގު ފޯރުކޮއްދިނުމުގެ މަސައްކަތްކުރާކަމަށް އެއްބަސްވެފައިކަމަށް ރިޕޯޓްތަށްބުނެއެވެ.

ޓީވީ އިންޓަވިއުތަކާއި ސޯޝަލް މީޑިއާގައިވެސް އޭނާ މިއަދާ ޖެހެންދެންވެސް ބުނަމުން ދިޔައީ ޑުރަގުގެ އެއްވެސް މުއާމަލާތެއް އޭނާ ނުކުރާކަމަށެވެ. އަދި ޖަލަން ދާން ޖެހިއްޖެނަމަ ޖަލަށްދާނީވެސް ލޯބިވުމުގެ އަދަބެއްގެ ގޮތުން ކަމަށްވެސް ރިއާބުނެފައިވެއެވެ.

އެހެން ނަމަވެސް މިއަދު އޭނާގެ މެޑިކަލް އެގްޒަމިނޭޝަން ހެދުމަށްވެސް ގެންގޮސްފައިވާއިރު މިހާރު ރިޕޯޓުތަށް ބުނާގޮތުގައި ރިއާވަނީ ޑުރަގު ޑީލިންގެ މައްސަލައިގައި ހައްޔަރުކޮއްފައެވެ.

14 ޖޫންގައި އަމިއްލަ ގޭގައި ދަންޖެހިފައި ހުރިކަމަށްބުނާ ޒުވާން އެކްޓަރު ސުޝާންތު ސިންގު ރާޖުޕުތު މައްސަލައިގެ ތެރެއިން މިހާތަނަށް ސުޝާންތާއި ގުޅުންހުރި 3 މީހަކު ހައްޔަރު ކޮއްފައިވާއިރު މި ތިން މީހުންވެސް ހައްޔަރުކޮއްފައިވަނީ އެންސީބީއިން ބަލަމުންދާ ޑުރަގު މައްސަލައިގައެވެ.

ރިއާ ހައްޔަރު ކުރިކަމުގެ ރިޕޯޓާއި ގުޅިގެން ސުޝާންތްގެ ފޭނުން އުފާ ފައުޅުކުރަމުންދާއިރު ވަރަށް އަވަހަށް ސުޝާންތުގެ މަރުގެ މައްސަލައިގެ ހަޤީޤަތްވެސް އެގިގެން ދާނެކަމަށް ޤަބޫލުކުރެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!