ޖޭއެސްސީގެ ރައީސް ކަމަށް މުހައްމަދު ނާސިހު އައްޔަނުކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމަށް މުހައްމަދު ނާސިހު މިއަދު އައްޔަނުކުރައްވައިފި އެވެ.

ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. އެ މެންބަރުންނަށް ހުވައި ލައިދެއްވީ، އުއްތަމަފަަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ކަމަށް މުހައްމަދު ނާސިހު އަދި ނައިބަކަށް އިބްރާހިމް ރަޝީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ފާސްކުރީ މިދިޔަ އާދިއްތައިގަ އެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

ކޮމިޝަންގެ ރައީސްއަކަށް އެންމެ ފަަހުން ހުންނެވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ. ނައިބު ރައީސް އަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެންބަރު މަސްތޫރު ހުސްނީ އެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އާއި، ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރެވެ.

  1. އޮޅިއްޖެ. ސުރުޚީގައި އޮތީ ޖޭ. އެސް. ސީ ކަމަށް. ތަފްސީލުގައި އޮތީ ސީ. އެސް. ސީ ކަމަށް

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!