ވެމްކޯގެގިނަ މުވައްޒަފުންތަކެއް ކަރަންޓީނުކޮށް މަސައްކަތަށް ބޮޑު ގޮންޖެހުމެއް

މާލޭ މަގުމަތު ސާފުކުރުމުގައި ހަަރަކާތްތެރިވާ ވެމްކޯގެ 110 މުވައްޒަފަކު ކަރަންޓީނަށް ގޮސް އެ ކުންފުނީގެ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ.

ވެމްކޯއިން މިހާތަނަށް 49 މުވައްޒަފަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ބަލިން ފަސޭހަވެފައިވަނީ 33 މުވައްޒަފުންނެވެ. މި ވަގުތު ވެމްކޯގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 16 ގައެވެ.

އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ، ކަރަންޓީނުވި މުވައްޒަފުންގެ ތެރޭގައި ކޯލް ސެންޓަރާއި، ފެސިލިޓީސް ތަކުގެ އިތުރުން ވެހިކަލްތައް ދުއްވުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނޭ ކަމަށެވެ. އެ މުވައްޒަފުންގެ ތެރެއިންވެސް ގިނަ މުވައްޒަފުންނަކީ ކުނި ނެގުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނެވެ.

އޭނާ ވިދާޅުވީ، އެހާ ގިނަ އަދަދެއްގެ މުވައްޒަފުން ކަރަންޓީނަށް ދާން ޖެހުމުން އޮޕަރޭޝަން ކުރިޔަށް ގެންދިޔުމުގައި ނަގާ ވަގުތު އިތުުރުވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ކުނި ނެގުމުގައި ހަރަކާތްތެރިވާ މުވައްޒަފުން މަދުވުމުން ކުނި ނަގާ ވަގުތުވެސް އިތުރުވެފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!