ކްރިމިނަލް ކޯޓް ހިންގުން އާދަމް މުހައްމަދަށް

ކްރިމިނަލް ކޯޓް ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދު އާއި ހަވާލުކޮށްފި އެވެ.

ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލްވުމުގައި ކްރިމިނަލް ކޯޓް ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދު އާއި ހަވާލުކުރުމަށް ނިންމާފައިވާ ކަމަަށެވެ. އާދަމް މުހައްމަދު އާއި ކޯޓް ހިންގުން ހަވާލުކޮށްފައިވަނީ އެ ކޯޓް ހިންގަވަމުން ގެންދެވި އަލީ ރަޝީދު ހުސައިން މިއަދު ސުޕްރީމް ކޯޓަށް އައްުޔަން ކުރެއްވުމާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ދެ މަގާމަށް ޑރ. މުހައްމަދު އިބްރާހިމާއި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އާދީއްތަ ދުވަހު ވަނީ ރުހުން ދީފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!