އެޗްއާރްްސީއެމަށް ތިން ބޭފުޅަކު އައްޔަނުކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ މެންބަރުކަމުގެ މަގާމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް މިއަދު އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި، މުއުމިނާ ވަޙީދު އަދި ޑޮކްޓަރ އަޙްމަދު އަދުހަމް އަބްދުﷲ އެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންްދުރުފަހު ރަައީސް އޮފީހުގަ އެވެ. އެ ބޭފުޅުންނަށް ހުވައި ލައިދެއްވީ، އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

ތިން ބޭފުޅުންގެ ތެރެއިން އާމިނަތު ޝިފާއަތު އަކީ، އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސިޑްނީއިން މާސްޓަސް އޮފް ކްރިމިނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭކަނބަލެކެވެ. އެންމެ ފަހުން އަދާކުރައްވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ އެކްޓިން ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ.

މުއުމިނާ ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސިޑްނީއިން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) ފުރިހަމަކުރައްވާފައިވާ ބޭކަނބަލެކެވެ. މިއަދާ ހަމައަށް ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކޮންސަލްޓަންޓެއްގެ މަގާމުގައެވެ.

އަދި، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން އިންޓަނޭޝަނަލް ލޯ ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވާސިޓީ އޮފް ވޮލޮންގޮންގް އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!