ފްލައިޓްތަކުގެ އަދަދު އިތުރުވާން ފަށައިފި

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން، އަންނަ ފްލައިޓުތައް އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހަރަކާތްތައް އިތުރުވެއްޖެއެވެ.

އެމްއޭސީއެލްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހާއި އަޅާބަލާއިރު އޯގަސްޓްމަހު ވީއައިއޭގެ އިންޓަރނޭޝަނަލް އެއަރ ޓްރެފިކް މޫވްމަންޓް ވަނީ 196 އިން 432 އަށް އިތުރުވެފައެވެ. އަދި ޑޮމެސްޓިކް އެއަރޓްރެފިކް މޫވްމަންޓު ވަނީ 191 އިން 326 އަށް އިތުރުވެފައެވެ.

ފްލައިޓްތަކުގެ އަދަދު އިތުރުވެފައިވާއިރު ޖުލައި މަހު ބޯޑަރު ހުޅުވާލިފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައިމަހު ރައްޖެއިން ފުރި އިންޓަރނޭޝަނަލް ޑިޕާޗާޒްގެ އަދަދަކީ 4106 އެވެ. އަދި އޯގަސްޓްމަހު މި އަދަދު ވަނީ 14045 އަށް އިތުރުވެފައެވެ. މީގެއިތުރުން ޖުލައިމަހު އެތެރޭގެ އުދުހުންތަކުގެ ޑިޕާޗާޒްގެ އަދަދަކީ 2555 ގައެވެ. އަދި އޯގަސްޓްމަހު މި އަދަދު ވަނީ 3438 އަށް އިތުރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!