ކ. މާފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ 78 ޕަސެންޓް ނިމިއްޖެ އެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވާއިރު މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް އެކުންފުނިން ވަނީ މައުލޫމާތުދީފައެވެ.
މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމާއި، 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއްވާފައި ވެއެވެ.
މާފުށީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފަށާފައިވާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 17 ސެޕްޓެމްބަރ 2019 ގައެވެ.
މި މަސްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓިސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސްރޫޢެކެވެ. މި މަޝްރޫޢުއަކީ 99.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.