ޢަބްދުއްރަހީމް 9 މިލިއަން ރުފިޔާއަށް ފްލެޓް ގަތް މައްސަލަ އަލުން ބަލަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲގެ ދެކަނބަލުން 9 މިލިއަން ރުފިޔާ އަށް ދެ ފްލެޓް ބަައްލަވައިގެން މައްސަލަ އޭސީސީން އަލުން ބަލަން ނިންމައިފިއެވެ.

އޭސީސީން ވިދާޅުވީ މިމައްސަލަ އަލުން ހުޅުވަން ނިންމާފައިވަނީ މިމައްސަލަ ނިންމާފައިވާ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުންކަމަށެވެ. އަދި މިހާރު މިމައްސަލަ އަލުން ހުޅުވައި އޭސީސީން ތަހުޤީޤް ކުރަން ނިންމާފައިވާކަމަށެވެ. މިމައްސަލައަކީ 2018 ވަނަ އަހަރު އޭސީސީގެ ކުރީގެ މެންބަރުން މައްސަލައެއް ނެތްކަމަށް ނިންމާފައިވާ މައްސަލައެކެވެ. ނަމަވެސް މިހާރު ތިބި ކޮމިޝަންގެ މެމްބަރުން ކޮމިޝަނާއި ހަވާލުވުމަށްފަހު އޭސީސީގައި ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ސުވާލު އުފެދޭ ގޮތަށް ނިންމާފައިވާ ބައެއް މައްސަލައް އަލުން ހުޅުވައިގެން ދަނީ ބަލަމުންނެވެ.

އަބްދުއްރަހީމް އާއި އޭނާގެ އަނބިކަނބަލުންގެ ނަމުގައި ރެހެންދި-6 ކުން ދެ ފްލެޓެއް ރަޖިސްޓްރީ ކޮށްފައިވާއިރު ދެ ފްލެޓަށް އެއްކޮށް ފައިސާ ދައްކާ ވަނީ ހަލާސްކޮށްފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!