ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައިސްކަލެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައިސްކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި ބައިސްކަލަކީ މިއަހަރުގެ ޖުލައި 7 ވަނަ ދުވަހުގެ ވަގުތެއްގައި ދަތުރުވެރިންގެ މާރުކޭޓު ސަރަހައްދުގައި މީހަކު ބައިސްކަލެއް ހިފައިގެން އުޅެނިކޮށް، އެމީހާއަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލު ކުރުމުން ބައިސްކަލުގެ ވެރިފަރާތް ބުނެދެވިފައިނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައިސްކަލެއް ކަމަށެވެ.

“މި ބައިސްކަލުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 459808 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ބައިސްކަލާ ހަވާލުވެލެއްވުން އެދެން” ފުލުހުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!