ޓްރާންސްޕޯޓް މިނިސްޓްރީ ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުކޮށްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން ހިނގަމުންދާނީ މަޖީދީމަގުގައި ހުންނަ ކުރީގެ ސްޓަރ ސިނަމާ އިމާރާތުގެ (މ.ޗަނބޭލީވިލާ) ތިންވަނަ ފަންގިފިލާގައި ކަމަށެވެ.
މީގެ ކުރިން ސިވިލްއޭވިއޭޝަން އާއި ޓްރާންސްޕޯޓު މިނިސްޓްރީ ހިންގަމުން ދިޔައީ ވެލާނާގޭގައެވެ.
އޭގެ އިތުރުން އޮގަސްޓް ހަތަރުވަނަ ދުވަހުން ފެށިގެން ޓްރާންސްޕޯޓު އޮތޯރިޓީގެ ހިންގުންވެސް ވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ.