މިއަދު އިންޑިއާގެ 2 އަސްކަރީ މަތިންދާ ބޯޓު ހަނިމާދޫއަށް ޖައްސާފައިވަނީ ދިވެހި ރާއްޖޭގެ ސިފައިންނާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަނަކަށް ކަމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެެވެ.
އިންޑިއާގެ އަސްކަރީ ބޯޓެއް ހަނިމާދޫގައި ޖެއްސުމާއި ގުޅިގެން އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، އިންޑިއާގެ ސަވަޔަލެންސް ޑޯނާއެއް ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓްގައި މިއަދު ހެނދުނު 10:25 ހާއިރު ޖައްސާފައިވާ ކަމަށެވެ.
އަދި އެއީ ސިލްސިލާކޮށް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑް ސިފައިންނާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނަކަށް ރާއްޖެއައި ބޯޓެއް ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.
އެމްއެންޑިއެފް އިން އިތުރަށް ވިދާޅުވީ މިއަދު އައި 2 ފްލައިޓްގެ ތެރެއިން އެއް ފްލައިޓް މިއަދު އެނބުރި ގައުމަށް ދާނެ ކަމަށާއި އޮޕަރޭޝަންގައި ބައިވެރިވާނީ އެއް ފްލައިޓް ކަަމަށެވެ. މިބޯޓް ސެޕްޓެމްބަރު 16 ގެ ނިޔަލަށް ރާއްޖޭގައި އޮންނާނެ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.