ނަމާދު ކުރާއިރު މިސްކިތުގެ ބޭރަށް ނަމާދު ކުރާ އަޑު އިއްވާކަށް ނުޖެހޭނެ ކަމަށް އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އިބްރާހިމް މިސްކިތުގެ ޢިމާމް އިސްލާމިކް މިނިސްޓްރީ އަށް ހާޒިރުކޮށް ނަމާދުކުރާއިރު ބޭރަށް އިވޭގޮތަށް މައިކު ބޭނުންނުކުރަން އެންގީ ކީއްވެތޯ ސުވާލުކޮށް މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވަނީ ޓުއީޓު ކުރައްވާފައެވެ. ޑރ.ފައިސަލް ވިދާޅުވެފައި ވަނީ އިބްރާހިމް މިސްކިތުގައި ވަކިން އެތެރެއަށް އަޑުއިވޭގޮތަށް ހެދެން ނުހުންނަ ކަމަށާއި ފަންކާތަކުގެ އަޑާހެދި އިމާމު ސަޖިދައިންތެދުވިތޯ ބަލަން ބޯހިއްލާލަން ޖެހޭ ކަމަށެވެ.
އެޓްވީޓަށް ރައްދުދެއްވާ ޝައިހް ޒައިދު ވިދާޅުވީ މިސްކިތުގެ އެތެރޭގެ އަޑު ކަނޑާލަން އިސްލާމިކް މިނިސްޓްރީން ނާންގާނެ ކަމަށެވެ.
“ނަމާދު ކުރާއިރު ހަޤީޤަތުގައި މުންނާރު ޖައްސާކަށް ނުޖެހޭނެ. މުންނާރު ޖައްސަން ވާނީ ބަންގި ގޮވާއިރު އެކަނި. އުސައިމީން ރަހިމަﷲ ފަދަ ބޮޑެތި އާލިމުން ވެސް އެބަހުރި އެގޮތައް އެވާހަކަ ބަޔާން ކުރައްވާފައި.” ޝައިހް ޒައިދު ވިދާޅުވިއެވެ.