ޕީއެސްޖީ އަދި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ޔޫއެފާ ނޭޝަންސް ލީގުގެ މެޗުތައް ކުޅުމަށް ފްރާންސްގެ ގައުމީ ޓީމާއެކު އެމްބާޕޭ މިވަގުތު ހުރިއިރު، ފްރާންސްގެ ފުޓްބޯޅަ އިދާރާ އިން ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ހެނދުނު ޔޫއެފާ އިން ހެދި ޓެސްޓުން ކަމަށެވެ. އަދި އޭނާ ވަނީ ފްރާންސް ޓީމުން އެކަހެރިވެފަ ކަމަށް އެ އިދާރާ އިން ވަނީ ބުނެފައެވެ.
އުމުރުން 21 އަހަރުގެ އެމްބާޕޭ އަކީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި މި ބައްޔަށް ޕޮޒިޓިވްވި ޕީއެސްޖީގެ ހަތްވަނަ ކުޅުންތެރިޔާއެވެ.