ޚަޝޯޤީ މަރާލި މައްސަލައިގައި ގާތިލުންނަށް ހުކުމްކޮށްފި

ސައުދީ ސަރުކާރާއި ދެކޮޅު ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލުމުގެ ކުށުގައި ދައުވާ ކުރި މީހުންގެ ތެރެއިން އަށް މީހެއްގެ މައްޗައް ޖަލު ހުކުމް އިއްވައިފި އެވެ.

ހާޝުގްޖީގެ މަރުގެ މައްސަލައިގައި މީގެ ކުރިން ފަސް މީހަކަށް މަރުގެ ހުކުމް އިއްވި ކަމުގައި ވީނަމަވެސް އެ ފަސް މީހުނަށް އިއްވި ހުކުމް ވަނީ ޖަލު ހުކުމަށް ބަދަލުކޮށްފަ އެވެ. ސައުދީ ކޯޓުން އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް އިއްވާފައި އޮތް މަރުގެ ޙުކުމް ބަދަލު ކުރީ އިއްޔެ އެވެ.

ޖަލުގެ ހުކުމް އިއްވި މީހުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ މީހުންނަށް 20 އަހަރުގެ ހުކުމެއް އިއްވާފައިވަނީ ޚާޝޮގްޖީ މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.

ދައުވާ ސާބިތުވި ބާކީ ތިބި ތިން މީހުންގެ ތެރެއިން އެކަކަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު ދެމީހަކަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ވޮޝިންޓަން ޕޯސްޓަށް ލިޔަމުން ދިޔަ ހާޝުގްޖީ ގެއްލިފައި ވަނީ އޮކްޓޯބަރު 2، 2018 ގައި ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ކުރި ޒިޔާރަތަކަށް ފަހު އެވެ. 

ފޮރެންސިކް ހެއްކާއި، ސީސީޓީވީ ފުޓޭޖް އަދި އޯޑިއޯ ރިކޯޑިންތަކުން ހާމަވާ ގޮތުގައި ކޮންޒިއުލޭޓް ތެރޭގައި ވަނީ ހާޝުގްގްޖީއަށް ހަމަލާ ދީ، އޭނާގެ ހަށިގަނޑު ކުދިކުދިކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!