މާބަނޑު 41 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވޭ: ޑރ. އަފްޒަލް

މިހާތަނަށް މާބަނޑު 41 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ރޭ އެޗްއީއޯސީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، މާބަނޑު މީހުންގެތެރެއިން 41 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

ޑރ. އަފްޒަލް ވިދާޅުވީ އެހެން އަދަދުތަކާއި އަޅާ ބަލާއިރު ނިސްބަތުން މާބަނޑު މީހުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ދަށްކަމަށެވެ. އެހެން ނަމަވެސް މާބަނޑު މީހުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. 

“އެކު ޖުމްލައަށް ބަލައިލާއިރު 41 މާބަނޑު މީހުންނަށް މި ބަލި ޖެހިފައިވޭ. މާބަނޑު މީހަކު މި ބަލީގައި ޑެލިވަރީ ކުރުމުގައި އެއްވެސް އިޝޫއެއް އައިސްފައިވާ ކަމަކަށް އަޅުގަނޑަކަށް ލިބިފައެއްނުވޭ،” އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ކޮވިޑް ބަލި ޖެހިފައިވާ މާބަނޑު މީހަކު ވިހެއި އެއްވެސް ކުއްޖަކަށް އެބަލި ޖެހިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!