ގޫގްލް ގެ މުވައްޒަފުންނަށް ހަފްތާއަކު ތިން ދުވަހުގެ ޗުއްޓީ ދެނީ

ކޮވިޑް-19 ގެ ސަބަބުން ގިނަ މުވައްޒަފުން ގޭގައި މަސައްކަތް ކުރަމުންދާއިރު، ފުރަތަމަ ދުވަސްކޮޅު މިއީ ފަސޭހަ ކަމެއް ކަމުގައި ދެކުނަސް، މިކަމުގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންކަމަށް ބުރޫ އަރަން ފަށާފައި ވާތީ، ގޫގްލް ގެ މުވައްޒަފުންނަށް ތިން ދުވަސް ޗުއްޓީ ދޭން ނިންމައިފިއެވެ.

ކާމިޔާބު ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ގޫގްލް އިން މިގޮތަށް ނިންމާފައިވަނީ، އެތާނގެ މުވައްޒަފުންނަށް ލުއިތަކެއް ދީ، އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން ޔަގީންކުރުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ. އަދި މި އާ އުސޫލާ އެއްގޮތަށް މުވައްޒަފުންނަށް މަސައްކަތް ހަވާލު ކުރުމަށް ވެސް މެނޭޖަރުންނަށް އަންގާފައިވެއެވެ.

ގޫގްލް އިން އެތަނުގެ މުވައްޒަފުންނަށް ވަޒީފާގެ ސަބަބުން ދިމާވާ ހާސްކަން ކުޑަކުރުމުގެ ގޮތުން ތިން ދުވަސް ބަންދުގެ ގޮތުގައި ކަނޑައެޅުމުން، އެހެން ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް އަންނަނީ އެކަމަށް އެދެމުން ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.

ގޫގްލް ގައި އެއް ލައްކައަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. އަދި 50 އަށްވުރެ ގިނަ ޤައުމުގައި ޖުމްލަ 78 އޮފީސް ހުރެއެވެ. އަދި މި އަހަހރުގެ ކުރީކޮޅުން ފެށިގެން މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ސަބަބުން، ގޫގްލްގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ ގޭގައި ތިބެގެންނެވެ. އެހެން ބައެއް ކުންފުނިތަކުގެ މުވައްޒަފުން އަލުން އޮފީސް ތަކަށް ނެރެގެން މަސައްކަތް ކުރަން އަންގާފައި ވިޔަސް، އަންނަ އަހަރުގެ ޖުލައި އާ ހަމައަށް ގޫގްލްގެ މުވައްޒަފުން ނުކުންނަށް ނުޖެހޭނެ ކަމަށް ރިޕޯތުތައް ބުނެއެވެ. މިއީ ކޮރޯނާވައިރަސްގެ ސަބަބުން މުވައްޒަފުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!