ޑރ. ވަހީދު އަނެއްކާވެސް ފުލުހަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕޮލިހަށް ހާޒިރުވާން އަނެއްކާވެސް އަންގައިފިއެވެ.

ޑރ.ވަހީދު މާދަމާ ހަވީރު 16:00 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް މިހާރު އެމަނިކުފާނަށް ވަނީ އަންގާފައެވެ.

ޑރ.ވަހީދު ފުލުހަށް ހާޒިރު ކުރަނީ އިދިކޮޅު ފަރާތްތަކުން ބޭއްވި ސިޔާސީ ހަރަކާތަކަށްފަހު އެ ހަރަކާތުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދެއްކެވިއިރު، އެމަނިކުފާނު އަޅުއްވައިގެން ހުންނެވި މާސްކު ތިރިކުރެއްވި މައްސަލައިގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!