ރާއްޖެއާ އިންޑިޔާއާ ދެމެދު ހަފްތާއަކު 5 ދަތުރު ކުރާގޮތަށް ހަމަޖައްސަައިފި

ރާއްޖެއާއި އިންޑިޔާއާއި ދެމެދު ގާއިމްކޮށްފައިވާ “ޓްރެވަލް ބަބަލް” އާއެކު ހަފްތާއަކު ފަސް ފްލައިޓު ދެގައުމުގެ ދެމެދުގައި ދަތުރުކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އިންޑިގޯ އެއާލައިންސް އިން އިންޑިއާގެ ކޮޗިންއާއި މާލެއާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރާގޮތަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިމަހުގެ 10 ވަނަ ދުވަހުން ފެށީގެން މާލެއާއި ޓްރިވެންޑްރަމް ދެމެދުގެ އިތުރު 2 ފްލައިޓެއް އޮޕަރޭޓްކުރަން ފެށުމަށް މޯލްޑިވިއަންއިން ތާވަލުކޮށްފައިވާކަމަށެވެ. މިއާއެކު އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު ހަފްތާއަކު 5 ދަތުރު ކުރެވޭނެކަމަށް އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދު އެއަރ ޓްރެވަލް ބަބަލް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 13 ވަނަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރްއާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގައެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!