މިކަންކަން ތަކުރާރު ކުރާ ނަމަ ބުނޭ ދެން ނުވާނޭ ވެރީ ސޮރީއޭ އިނގޭ!

ދިރިއުޅުމުގައި އަންނަ ހާލަތުގެ ސަބަބުން ގޮތް ނިންމަން ނޭނގި ހުންނަންޖެހޭ އެތަށް ހާލަތެއް ކުރިމަތިވެއެވެ. މިއީ ގުޅުން ކަނޑާލަންވީ ވަގުތުކަމެއް ނޫނީ އަލުން އައު ފެށުމަކުންފަށާ ކުރިއަށް ދާންވީ ވަގުތުކަމެއް ނޭނގި ހަނދާނެ ގޮތް ހުސްވެއެވެ. އެހެން ނަމަވެސް ދިރިއުޅުމައިގެން އިތުރަށް ކުރިއަށް ނުދެވޭނެ ހާލަތްތަށް އަންނާނެކަން އަބަދުވެސް ޤަބޫލުކުރަންވާނެއެވެ. އަދި ހަމަ އެފަދައިން އެކުގައި ކުރިއަށް ދިއުމަށް އިތުރު ފުރުސަތެއް ލިބެންޖެހޭނެ ހާލަތްވެސް އަންނާނެއެވެ.

ސިގިރޭޓު ބުއިން ހުއްޓާލާނަމެ ބުނެ ދޮގު ހެދުން

ދޮގަކީ ދިރިއުޅުން ބިނާވެފައި އޮންނަ އިތުބާރު ގެއްލުވާލާ އެއްޗެކެވެ. އެހެން ނަމަވެސް ސިގިރެޓް ނޫނި ދުންފަތުގެ އިސްތިއމާލުކުރުމަށް ބެނުންކުރެވޭ ތަކެއްޗަކީ ވަރަށް ފަސޭހައިން އެޑިޓްވެ އެއާ ދުރަށް ދިއުމަށް މަސަކަތް ކުރިޔަސް ދުރުވާން އުދަނގޫ އެއްޗެކެވެ. މިހާލަތުގައި ބަލަންވާނީ އެމީހަކާ ގުޅުން ކަޑާލުމަށްވުރެ ބޮޑަށް އެހީވެވޭތޯއެވެ. އެހެން ނަމަވެސް އެއީ އެހެން ކަންކަމުގައި ތެދުވެރިވެ އެކަމުން ސަލާމަތްވުމަށް އެކިގޮތްގޮތުން މަސައްކަތްކުރާކަން ތިމާއަށް ޔަޤީންވާނަމައެވެ.

ބޮޑެތި ކަންކަމުގައި ދޮގުހެދުން

ގުޅުމަށް އެތަށް ދުވަހެއްވާހިސާބުން ދިރިއުޅުމާއި ގުޅިފައިވާ ކަމެއްގައި ބައިވެރިޔާ ދޮގުހަދާކަން ނޫނި އޮޅުވާލާ ސިއްރުކުރާކަން އެގުމުން އަވަހަށް ވާހަކަ ދައްކާ އެވަރު ކަމެއް ކުރި ބޭނުން އޮޅުން ފިލުވަންވާނެއެވެ. އަދި އެކަމުން ތިމާއަށް އަސަރު ކުރި ގޮތާއި އެހެންމީހުންގެ ކުރިމަތީގައި ތިމާގެ އަގުވެއްޓުނުވަރު ހާމަކޮއްދީ އެކަން އެހެން ތަކުރާރު ނުކުރަން ބުނަންވާނެއެވެ. އަދި ގެއްލުނު އިތުބާރު އަލުން ހޯދުމަށް މަސައްކަތްކުރުމަށްވެސް ބުނަންވާނެއެވެ. އެހެން ނަމަވެސް ގިނަ ކަންކަމުގައި ތިމާ ސުވާލުކުރމުން ހަދަނީ ދޮގުކަން އިޙުސާސްވެ ނޫނީ ސާބިތުވާނަމަ އެއީ ދިރިއުޅުން ކުރިއަށް ނުގެންދެވޭނެ ކަމުގެ އަލާމާތެކެވެ.

ބޭވަފާތެރިވުން

މިއީ ގިނަފަހަރަށް ގުޅުމުގައި ފުލުސްސުޓޮޕް އެންމެ ގިނައިން ޖަހާ އެއް މައްސަލައެވެ. އަސްލު މިހެން ދިމާވަނީ ބައިވެރިޔާ އެހެން މީހަކާ ގުޅުން ބާއްވާކަން ފަޅާއަރާވަގުތު ގޮތް ނިންމާތީއެވެ. ފަހަރުގައި އެކަން ހިގާފާނެ އެހެން ސަބަބެއްވެސް އޮވެދާނެއެވެ. މިހާލަތުގައިވެސް އެކި އެކި ގޮތްގޮތުން ވިސްނާ ހަމަޖެހިގެން ގޮތް ނިންމުން ރަގަނޅެވެ. އަދި ބައިވެރިޔާ އާއި ވާހަކަ ދައްކާ އެހެން ހެދީ ކީއްވެތޯ ސުވާލުކޮށް އެކަމާ ބައިވެރިޔާ ދެރަވާ ވަރާއި ލަނދުގަންނަ ވަރު ދެނެގަތުމަށްފަހު ނޫނި ކައިވެނި ރޫޅާ ނުލާށެވެ. އެހެން ނަމަވެސް ކޮންމެ ސަބަބަކާހެދި ނަމަވެސް ތަކުރާރު ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ދިރިއުޅުމުގެ ބޮޑެތި ނިންމުންތަށް ބައިވެރިޔާގެ މަޝްވަރާއެއްނެތި ނިންމުން

މިސާލަކަށް އެހެން ޤައުމަކަށް ނޫނީ އެހެން ގެއަކަށް ބަދަލުވުން އަގުބޮޑެތި މުދާ ގަތުން ވަޒީފާއިން ވަކިވުން ފަދަ ކަންކަމުގައި ބައިވެރިޔާގެ މަޝްވަރާ ނުހޯދުމަކީ މަދުން ނަމަވެސް ވާކަމެކވެ.އެހެން ނަމަވެސް ދިރިއުޅުމުގެ މިފަދަ ބޮޑެތި ނިންމުންތަށް ނިންމަން ވާނި ދެމަފިރިންގެ ފުރިހަމަ އެއބާރުލުން ލިބިގެނެވެ. މިފަދަ ކަންކަން ދިމާވާނަމަ ބައިވެރިޔާއަށް އިޙުސާސްކުރެވޭނީ ދިރިއުޅުމުގައި ބާކީވެ ބޭކާރު މީހެއް ފަދައިންނެވެ. ވާހަކަ ދެއްކުމުންވެސް މިފަދަ ކަންތަކުގެ ސަބަބުން ތިމާއަށް އަސަރުކުރާކަން އަދި ހިއްސާކުރުމުގެ ބޭނުމެއް ނެތްކަމަށް ފިރިމީހާއަށް ހީވާނަމަ އެބައިވެރިޔާ އަކީ ތިމާއާއި އެކު ދިރިއުޅުމަށް އެންމެ އެކަށީގެންވާ މީހާއެއް ނޫނެވެ.

އަމިއްލަ އެދުން އިސްވުން

ކޮންމެ ކަމެއްގައިވެސް ކޮންމެ ހާލަތެއްގައިވެސް ތިމާއާއި ތިމާގެ ކަންކަން އިސްކުރާނަމަ އަނެކާގެ އަގެއް ދިރިއުޅުމުގައި ނެތްފަދަ އިޙުސާސެއް ކުރެވޭނެއެވެ. އެއް ފަރާތުން ލިބޭ ހުރިހާ ވަގުތަކާއި އެއްޗަކާއި ފައިސާއެއްވެސް އަނެކާ އާއި އޭނާގެ ދިރިއުޅުމުގެ އުފާތަކާއި ގުޅިފައި ހުރި ކަންކަމަށް ހެދަކުރަމުން ދާއިރު އަނެކާ ލިބޭ ވަތުތަށްވެސް އަމިއްލަ ހިތްހަމަޖެހުމާއި ތިމާގެ ރަޙުމަތްތެރިންނާއެކު ޙެދަކުރުމާއި ފައިސާއިން ބޮޑުބައެއްވެސް އާއިލާ އާއި ބައިވެރިޔާގެ އުފާތަކަށްވުރެ ތިމާގެ ހިތްހަމަޖެހުމަށް ހެދަކުރާނަމަ މިއީ ހައްލުކުރަންޖެހޭ މައްސަލައެކެވެ. އަދި އެއީ ގޯހެއްކަމަށް ބައިވެރިޔާއަށް ޤަބޫލުނުކުރެވޭނަމަ ނޫނީ ނުވިސްނޭނަމަ އެފަދަ ދިރިއުޅުމެއް އުޅުމަކީ އަޑު ގޮވާނެކަމަށް އެއް އަތްތެޅުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!