ބޭނުންވަނީ އޮބާމާ ކުޑަދޮރުން ބޭރަށް ކޮއްޕާލަން: މިޝެއިލް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއަކީ ޒުވާން އަދި މީހުންނާ ގުޅޭ މިޒާޖެއްގެ ރައީސެކެވެ. އަބަދުވެސް އުފާވެރި މޫނަކައިގެން ރައްޔިތުންނާއި ބައްދަލުކުރާ މި ރައީސްގެ ފަރާތުން ދިރިއުޅުން އުފާވެރިކަންމަތީ ގިނަދުވަހަށް ދެމެހެއްޓުމަށް ކުރެވޭނެ ކަންކަމުގެ ވަރަށްގިނަ މައުލޫމާތު އެކި ޕުލެޓް ފޯރމްތަކުގައިވަނީ ހިއްސާކޮއްފައެވެ. އަދި އޮބާމާގެ އަނބިކަބަލުންވެސް ވަނީ އެދެމަފިރިންގެ ކައިވެނީގެ ތެރެއިން ވަރަށް މުހިއްމު ގިނަ ކަންތަށްތަށް އޮބާމާ ދަސްކޮށްދީ ބުނެދީފައިވާކަން ހާމަކޮއްފައެވެ.

ދާދި ފަހުން ކުރިއަށްދިޔަ މިޝެއިލް އޮބާމާ ޕޮޑްކާސްޓް އެޕިސޯޑެއްގައި މިޝެއިލް ވަނީ ކައިވެނީގައި އަންނަ އަޑި ގުޑަން ތަކާބެހޭގޮތުން ވާހަކަދައްކާފައެވެ. އަދި އޭނާ ބުނެފައިވަނީ އެދެމަފިރިންގެ ދިރިއުޅުމުން އޭނާއަށް ދަސްވި އެންމެ މުހިއްމު ކަމަކީ ކިތަންމެ ވަރެއްވިޔަސް ކިތަންމެ މައްސަލަގޯސްވިޔަސް ދެމީހުން ދުރުނުވުމެވެ.

އަދި އެދެމަފިރިންގެ ތެރޭގައިވެސް މައްސަލަތަށް ވަރަށް ގޯސްވެގެންދާކަން ހާމަކޮއްދެމުން މިޝެއިލް ބުނެފައިވަނީ އެއްފަހަރަކު އޮބާމާ ކުޑަދުރޮން ބޭރަށް ކޮއްޕާލަފާނަމޭވެސް ހިތަށް އެރިކަމަށެވެ. އަދި އެކަން ކުރާނަމޭ އޮބާމާއާއި ދިމާލަށް ބުނިކަމަށްވެސް މިޝެއިލް ބުންޏެވެ. އެހެން ނަމަވެސް އެއީ ރުޅި އައިސްހުރި މިންވަރު އެންގުމަށްޓަކައި ބުނި އެއްޗެއް ކަމަށާއި އެއްގޮތަކަށްވެސް އޮބާމާއަށް ގެއްލުމެއްދީ ދުރަށްދިއުމުގެ ނިޔަތުގައި ބުނި އެއްޗެއް ނޫންކަމަށްވެސް އޭނާ ހާމަކުރިއެވެ.

އިތުރަށް މިޝެއިލް ބުނެފައިވަނީ މިހާރު ކުދިން ދިމާވާ ކަންކަމާއި ކުރިމަތިލާ ހައްލުކުރުމުގެ ބަދަލުގައި އަބަދުވެސް ތިބެނީ ކައިވެނި ރޫޅާލަން ތައްޔާރުގައި ކަމަށެވެ. އެ ދެމަފިރިންގެ ދިރިއުޅުމުގައިވެސް އެކިގޮތްގޮތުން ގުޅުމަށް ހީނަރުކަން އައިސްފައިވީ ނަމަވެސް ކައިވެނި ރޫޅާލުމުގެ ވިސްނުމުގެ ކުރިއަށް އަބަދުވެސް ކައިވެނިން ލިބުނު އުފާވެރިކަން ނެރެ އެ އަޒުމުގައި ކުރިއަށް ދިއުމުން މިގުޅުން ވަރުގަދަ ގުޅުމަކަށް ވެފައިވާކަން މިޝެއިލް ފާހަގަކުރިއެވެ.

މިޝެއިލް ބުނާގޮތުގައި ކައިވެނީގެ ގޮތް މޮހާލުން އެއީ އެންމެ ފަހުގެ ނިންމުން ކަމުގައި ނޫނީ ވެގެން ނުވާނެއެވެ. އަދި ކިރިޔާވެސް ގޮތެއް އޮތްނަމަ އެގުޅުމުގައި ދެމިހުރުމަކީ މުހިއްމުކަމެއްކަން މުޅި އެޕިސޯޑުގައި މިޝެއިލް ދެއްކި ވާހަކަތަކުން ހާމަވެގެންދިޔައެވެ.

އެޝޯގައި ވާހަކަދެއްކި މައުލޫއާއި ބެހޭގޮތުން މިޝެއިލް އޮބާމާވަނި އޭނާގެ އިންސްޓަގުރާމް މެދުވެރިކޮށްވެސް އެދެމަފިރިންގެ ގުޅުން އެހާވަރުގަދަ ސަބަބު އިތުރަށް ހާމަކޮއްދީފައެވެ. އެދެމަފިރިންގ ކައިވެނީގެ ފޮޓޯއެއް ހިއްސާކުރަމުން މިޝެއިލް ބުނެފައިވަނީ ކައިވެނީގެ ގުޅުން ދެމެހެއްޓުމަކީ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށާއި އަމިއްލަ ނަފްސާއި ތިމާގެ ބައިވެރިޔާއަށް އިންތިހާއަށް ތެދުވެރިވާންޖެހޭކަން އޭނާއަށް ދިރިއުޅުމުން ދަސްވިކަމަށް މިޝެއިލް ލިޔެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!