އަންކިތާ ސުޝާންތުގެ ހުވަފެނެއް ފުރިހަމަކޮށްދެނީ

ޖޫން 14 ގައި ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ ހުވަފެނެއް ފުރިހަމަކޮށްދޭން ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ މަސައްކަތް ފަށައިފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސުޝާންތުގެ ދައްތަ ޝުވެތާ ސިންގް ކިރްތީ މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، 1000 ގަސް އިންދުމަކީ ސުޝާންތު ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި ޝްވެތާ ވަނީ ސުޝާންތުގެ ފޭނުންގެ ކިބައިން، ގަސް އިންދަން އެދިފައެވެ.

ޝްވެތާ އެ ޕޯސްޓު ހިއްސާކުރިފަހުން އަންކިތާ އާއި އޭނާގެ މަންމަ ގަސްވިއްކާ ފިހާރައެއްގެ ތެރެއިން ފެނިގެން ޕަޕަރާޒީއެއް ސުވާލުކުރުމުން ބުނީ، އެއީ ސުޝާންތުގެ 50 ހުވަފެންތަކުގެ ތެރޭގައި ހިމެނޭ 1000 ގަސް އިންދުމުގެ ހުވަފެން ފުރިހަމަ ކޮށްދޭން ކުރާ މަސައްކަތެއް ކަމަށެވެ. “އެންމެންނަށް މި މެސެޖު ދީ. މިއީ ސުޝާންތުގެ ބޮޑު ހުވަފެނެއް، އެހެންވެ އަހަރެން މިކަން މި ފެށީ އަމިއްލަ ގެއިން. އަހަރެން އުއްމީދު ކުރަން އެންމެންވެސް ގަސް އިންދާނެ ކަމަށް”، ސުޝާންތުގެ ފޭނުންނަށް އިޝާރާތް ކޮށް އަންކިތާ ބުންޏެވެ.

އަންކިތާ އާއި ސުޝާންތުގެ ލޯބީގެ ގުޅުން ފެށިފައި ވަނީ ދެމީހުން އެކުގައި “ޕަވިތުރަ ރިޝްތާ” ކިޔާ ސިލްސިލާއެއްގައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް 6 ވަރަކަށް އަހަރު ވަންދެން އެއްކޮށް އުޅުމަށްފަހު ދެމީހުންގެ ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ. އޭގެފަހުން ސުޝާންތު ވަނީ އެކި ތަރިންނާ ލޯބީގެ ގުޅުން ބާއްވައިފައެވެ. އަދި އެންމެފަހުން ރައްޓެހިވެގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީ އަކީ ސުޝާންތުގެ މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ އެކަކެވެ.

  1. Midhen kihaa bodu kameh…miulheny raahjeyge meehaku maruvegeneh nun…mihaaru habareh kiyan thaakah vanas shushaanthu noon ehcheh nufeney ..habaru liyan neygenyaa nuliye thibebala

    5
    9
    1. kaley ah mi habaru thah muhinmu nuviyas bollywood ge film balaa kudhinah mi habaru thah. vh hiygaimu .. shahgh nethiga habaru nukiyaa

      9
      2

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!