ުހުޅުމާލޭ ހޮސްޕިޓަލާއި އެމް.އެފް.ޑީ.އޭގެ ލެބުގައި ޕީ.ސީ.އާރް ޓެސްޓް ކުރަން ފަށަނީ

ހުޅުމާލޭ ހޮސްޕިޓަލާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭގައި ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ސެންޓަރުން މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން އިތުރު ކިޓްތައް ހޯދުމާއި، އިތުރު ލެބޯޓްރީތަކުގައި ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެ ސެންޓަރުން ކުރަމުންދާކަމަށެވެ. މި މަސައްކަތްތަކުގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލާއި، އެމް.އެފް.ޑީ.އޭގެ ލެބުގައި ޕީ.ސީ.އާރް ޓެސްޓް ހެދުމަށް ބޭނުންވާ ސެޓަޕްތައް ޤާއިމުކޮށް، އެތަންތަނުން ވަރަށް އަވަހަށް ޕީ.ސީ.އާރް ޓެސްޓް ހަދަން ފަށާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!