މޫދަށް ވެއްޓި އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

ތ.އަތޮޅު ގުރައިދޫގައި ބަނދަރަށް ވެއްޓި މީހަކު ނިޔާވެއްޖެއެވެ.

އެމީހާ ވެއްޓުނު ހާދިސާ ހިނގާފައި ވަނީ މިރޭ 8:45 އެހާކަންހާއިރު އެވެ. ބަނދަރަށް ވެއްޓި ނިޔާވެފައި ވަނީ އުމުރުން 84 މީހެކެވެ. އޭނާ ބަނދަރަށް ވެއްޓިފައި އޮއްވާ ފެނިގެން އޭނާ ނެގީ ޑިންގީ އެއްގައި ތިބި ދެމީހުންނެވެ.

އެމީހާ ނިޔާވެފައި ވަނީ ފަޅުތެރެއަށް ވެއްޓުނު ފަހުން ނަގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ އެ ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!