ހޯނޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ޢަދަދު 111 އަށް

ގދ. ހޯނޑެއްދޫން ޕޮޒިޓިވްވި 21 މީހުންގެ ކޮންޓެކްޓުންގެ އަދަދު 111 އަށް އަރައިފިއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވަނީ އެ ކަން ކަށަވަރުކޮށްދެއްވާފައެވެ. މި ގޮތުން ޑރ.ނަޒްލާ ވިދާޅުވީ ހޯނޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވި 21 މީހުންގެ ކޮންޓެކްޓުންގެ ޢަދަދު މިހާރު 111 އަށް އިތުރުވެފައިވާކަމަށެވެ.

މީގެ އިތުރުން އެ މީހުންގެ ތެރެއިން ޢަލާމާތްތައް ފެނިފައިވަނީ 65 މީހުންގެ ކިބައިންކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ހޯނޑެއްދޫން 19 މީހަކު ޕޮޒިޓިވްވެފައިވަނީ މި މަހުގެ 05 ވަނަ ދުވަހުގައެވެ. އޭގެ ކުރިން ވަނީ 02 މީހަކު ޕޮޒިޓިވްވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!