އިތުރު 83 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 83 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 83 މީހުންގެ ތެރެއިން 61 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 22 ބިދޭސީ މީހެކެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8667 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!