ޤައުމީ ޢަރްޝީފުގެ އެޑްވައިޒަރީ ބޯޑުގެ ރައީސްގެ މަޤާމަށް މުޙައްމަދު އާސިފް ހަމަޖައްސަވައިފި

ޤައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑު އުފައްދަވާ، ބޯޑުގެ ރައީސަކަށް މުޙައްމަދު އާޞިފް (މޮންދު) އިންތިޚާބުކޮށްފިއެވެ.

ނެޝަނަލް އާރކައިވް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޤައުމީ ޢަރްޝީފުގެ އެޑަވައިޒަރީ ބޯޑު އުފައްދަވައި، މެމްބަރުން އައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މި ބޯޑުގެ މެމްބަރުންނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

ނެޝަނަލް އާރކައިވް އިން ކޮށްފައިވާ އިތުރު ޓްވީޓެއްގައި ބުނެފައިވަނީ އެ ބޯޑުދެ ރައީސްގެ މަޤާމަށް މުހައްމަދު އާސިފް (މޮންދު) އަދި ނައިބު ރައީސްގެ މަޤާމަށް އަހްމަދު ޢާސިމް އިންތިޚާބު ކުރައްވާފައިވާ ކަމަށެވެ.

ޤައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑުގެ ރައީސަކަށް އިންތިޚާބުކޮށްފައިވާ މުޙައްމަދު އާޞިފް ވަނީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 2013 ވަނަ އަހަރު ޙާޞިލުކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!