ހުޅުމާލޭގެ އިމާރާތެއްގެ ތިން ވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެ

ހުޅުމާލޭގެ އިމާރާތެއްގެ ތިން ވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ ލޮޓް ނަމްބަރު 10527ގެ އިމާރާތުގެ ބޭރުގައި ސިމެންތި ޖެހުމަށް ހޮޅި އަޅަން އުޅުމުގެ ތެރޭގައި އެ އިމާރާތުގެ ތިން ވަނަ ފިންގިފިލާއިން ބަންގްލަދޭޝް މީހަކު ވެއްޓުނުކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށެވެ.

ފުލުހުން ވިދާޅުވީ، ވެއްޓުނު މީހާހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!