ލޮޓަސް ފިހާރައިން ރާއްޖޭގެ ހުރިހާ ސްކޫލް ދަރިވަރުންނަށް ސެނެޓައިޒަރ ހަދިޔާކުރަނީ

ރާޢްޖޭގެ މަޝްހޫރު އަމިއްލަ ވިޔަފާރިއެއް ކަމަށްވާ “ލޮޓަސް ފިހާރަ”އިން ރާއްޖޭގެ ހުރިހާ ސްކޫލް ދަރިވަރުންނަށް ސެނެޓައިޒަރ ހަދިޔާކުރަން ނިންމައިފިއެވެ.

ލޮޓަސް ފިހާރައިގެ ފަރާތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދިންގޮތުގައި، ރާޢްޖޭގެ ހުރިހާ ސްކޫލެއްގެ ކޮންމެ ދަރިވަރަކަށް އެއް ސެނެޓައިޒަރ ފުޅި ހަދިޔާކުރުމަށް އެ ފިހާރައިން ވަނީ ނިންމާފައެވެ. އެގޮތުން 100އެމްއެލްއާއި، 200އެމްއެލްގެ ސެނެޓައިޒަރފުޅި ބެހުމަށްވަނީ ހަމަޖެހިފައެވެ.

ލޮޓަސް އިން ބުނީ ހަދިޔާކުރާ ސެނެޓައިޒަރ ފުޅިތައް ސްކޫލްތަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންގެނެވެ.

ލޮޓަސް ފިހާރައިން ބުނެފައިވަނީ މިކަމަށް ބޭނުންވާ ސެނެޓައިޒަރފުޅިތަށް މިހާރު ރާއްޖެ ގެނެސްފައިވާކަމަށާއި މި މަސައްކަތުގެދަށުން 74000 ސެނެޓައިޒަރ ފުޅި ހަދިޔާކުރުމަށް ހަމަޖެހިފައި ވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!