ވަރަށް ވެސް ދެރަ! ކަސައުޓީ 2 ނިމުމަކަށް ގެންނަނީ!

މަޝްހޫރު އިންޑިއާގެ ޑްރާމާ ސީރީސް ކަސައުޓީ ޒިންދަގީ ކޭ 2 އަންނަ މަހު ހުއްޓާލަން އުޅޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

މީގެ ދެ އަހަރު ކުރިން އެކްތާ ކަޕޫރުގެ ޕްރޮޑަކްޝަންގެ ދަށުން ދައްކަން ފެށި މި ޝޯއަކީ ގިނަ ބަޔަކަށް ކަމުދާ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޝްހޫރު ވެގެން ގޮސްފައިވާ ޓީވީ ސީރީޒްއެކެވެ.

އެޝޯގެ ޝޫޓިންގްތަކަށް ފުރަތަމަ ބުރޫ އަރާފައިވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ. އެއަށްފަހު ޝޯގެ ޝޫޓިންގްތައް ފޭށި ނަމަވެސް ސީރީޒްގައި އަނޫރާގް ގެ ރޯލު ކުޅެމުން އައި ޕާތް ސަމަން ކޮވިޑްއަށް ޕޮޒިޓިވްވުމާއި ގުޅިގެން އަނެއްކާވެސް ވަނީ ޝޯގެ ޝޫޓިންގްތައް މެދުކަނޑާލާފައެވެ. ހަމައެހެންމެ ޝޯގެ މައި ރޯލެއް ކަމަށްވާ ބަޖާޖްގެ ބައި ކުޅެމުން އައި ކަރަން ސިންގްހ ގްރޯވާ އެ ބައި ދޫކޮށްލުމުގެ ސަބަބުން އެރޯލު ވެސް ކުޅެން ފަށާފައިވަނީ ކަރަން ޕަޓޭލް އެވެ.

ބޮޑެތި ބަދަލުތަކަކާއި އެކު ޝޯ ކުރިޔަށް ދިޔަނަމަވެސް ދެން އިވުނު އަޑަކީ ޕާތް އަނޫރާގް ގެ ބައި ދޫކޮށްލަން އުޅޭ ހަބަރެވެ. ޝޯގެ ޕރޮޑިއުސަރުން އޭނާ ރުއްސޭތޯ އުޅުނު ނަމަވެސް ދެން އިތުރަށް ޕާތު ބަދަލުވެއްޖެ ނަމަ ޝޯ ކުރިޔަށް ނުދާނެ ކަމަށް ލަފާ ކުރެވޭތީ ކަސޯޓީގެ ޕްރޮޑަކްޝަން ޓީމުން އަންނަނީ މިއަންނަ މަހު ޝޯ ނިންމާލުމުގެ މަސައްކަތްތައް ކުރަމުންނެވެ. 

ހަބަރުތައް ބުނާ ގޮތުން މި ޝޯގެ އެންމެ ފަހު ބައި ދައްކާނީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!