ކަރީނާ އާއި ތައިމޫރު ސަޕޯޓު ކުރަނީ ކޮން ފުޓްބޯޅަ ޓީމަކަށް ކަން އެނގޭތަ؟

އިންޑިއާގެ މަޝްޙޫރު ފިލްމީ ތަރި ކަރީނާ ކަޕޫރްއަކީ އާންމުގޮތެއްގައި މީޑިއާއާއި އަދި އޭނާގެ ފޭނުންނާއި ވެސް ވަރަށް ގާތް ތަރިއެކެވެ. ކަރީނާ އަކީ މަގުމައްޗަށް ނުކުންނަ އިރުވެސް އިންޑިއާގެ މީޑިއާ އާއި ވަރަށް ގާތްކޮށް ވާހަކަދައްކާ މީޑިއާ އާއި ވަރަށް ރައްޓެހި ތަރިއެކެވެ.

ދާދި ފަހުން ކަރީނާ ވަނީ ފޭނުންނަށް އޭނާގެ ދިރިއުޅުމުގެ ކަންކަން ހިއްސާކުރުމަށްޓަކައި އިންސްޓަގްރާމް ވެސް ބޭނުން ކުރަން ފަށާފައެވެ. އެގޮތުން އޭނާ ކުރާ ޕޯސްޓުތަކަކީ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ޕޯސްޓުތަކެކެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ އޭނާގެ ދަރިފުޅު ތައިމޫރު އާއި ގުޅިގެން ހިއްސާ ކުރާ ޕޯސްޓުތަކެވެ.

ކަރީނާ އިއްޔެ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވަނީ މަޝްޙޫރު ފުޓްބޯޅަ ޓީމް، މެންޗެސްޓަރ ސިޓީގެ އައު ޖާޒީ ލައިގެން ތައިމޫރު އާއި ދެމީހުން ނަގާފައިވާ ފޮޓޯ ތަކެކެވެ. އެ ޖާޒީގެ ފަހަތުގެ ކަރީނާގެ ނަމާއި ތައިމޫރުގެ ނަން ޖަހާފައިވާއިރު ކަރީނާ ބުނެފައިވަނީ އެދެމީހުން އެންމެ ގަޔާވާ ޓީމަށް ސަޕޯޓު ކުރުމަށް އެދެމީހުންނަށް އިޒުނަދިނުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!