މޯލްޑިވިއަންގެ މެލޭޝިއާ ދަތުރުގެ ޓިކެޓް ނެގުމަށް ހުޅުވާލައިފި

މޯލްޑިވިއަން އިން މިމަހުގެ 20 ވަނަ ދުވަހު މެލޭޝިއާއަށް ކުރާ ދަތުރުގެ ޓިކެޓް ނެގުމަށް ހުޅުވާލައިފިއެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރަށް ކުރަން ނިންމާފައިވާ ދަތުރު ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން މިމަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށާއި އެގޮތުން އެދަތުރު ފަސްކޮށްދިނުމަށް މެލޭޝިއާގައި ކިޔަވާ ދިވެހި ވަރަށް ގިނަ އަދަދެއްގެ ދަރިވަރުންގެ އެދިފައިވާ ކަމަށެވެ.

މޫސާ ވަސީމް ވިދާޅުވީ މެލޭޝިއާއަށް ކުރާ ދަތުރުގެ ޓިކެޓް ނެގުން ހުޅުވާލާފައިވާ ކަމަށާއި އެ ފްލައިޓުގައި 30 ކިލޯގެ ބެގޭޖް އެލަވަންސް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މޫސާ ވަސީމް ވިދާޅުވީ ދަތުރަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އޮތް ކޮންމެ މީހަކަށްވެސް އެފްލައިޓުން ޓިކެޓް ނެގުމުގެ ފުރުސަތު އޮތް ކަމަށްވެސް މޫސާ ވަސީމް ވިދާޅުވިއެވެ.

މިހާރު ޓިކެޓް ނެގުމަށް ހުޅުވާލަފައިވާއިރު ޓިކެޓްގެ އަގަކީ 385 ޑޮލަރު ކަމަށް މޫސާ ވަސީމް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!