ފަސް މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފި

ރ. މަޑުއްވަރީ ކައިރީ ފަޅުރަށެއްގެ ފަޅުތެރެއަށް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

ފުލުހުން ބުނީ ރ. މަޑުއްވަރީ ކައިރީގައި އޮތް ފަޅު ރަށެއްގެ ފަޅު ތެރެއަށް ޑިންގީއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 16:09 ގައި ކަމަށެވެ.

ފުލުހުން ބުނީ، ރ. މަޑުއްވަރީ ކައިރީ އޮތް ފަުރަށެއްގެ ފަޅުތެރެއަށް ބަނޑުން ޖަހާލި ޑީންގީގައި 4 މީހުން ތިބި ކަމަށެވެ. އަދި އެ ހަތަރު މީހުން ސަލާމަތްކޮށް ފުލުހުންގެ އެހީތެރިކަމާއެކު މަޑުއްވަރީއަށް އެމީހުން ގެންދާކަމަށް ފުލުހުން ބުނެއެެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާގުޅޭ މުއައްސަސާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!