8 ކޯޓަކަށް މެޖިސްޓްރޭޓުން ހޯދުމަށް އިއުލާންކޮށްފި

8 ކޯޓަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.

ޖުޑީޝަލް ކޮމިޝަނުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ،5 ކޯޓެއްގެ މެޖިސްޓްރޭޓްކަމަށާއި،3 ކޯޓެއްގެ އިސް މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

 މެޖިސްޓްރޭޓުން ހޯދާ ކޯޓުތަކަކީ ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓް، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓް، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓް، ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓެވެ. އިސް މެޖިސްޓްރޭޓުން ހޯދަނީ ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް، ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް އަދި ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓަށެވެ.

މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 23،450 ރުފިޔާ ލިބެއެވެ. އަދި އިސް މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 25،600 ރުފިޔާ ލިބެއެވެ. އޭގެއިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝިއުރަން ލިބިދެއެވެ.

ފަނޑިޔާރަކަށް ވެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކަށް އެކަނިއެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ 21 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ 13:00 އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!