އޭދަފުށީ މަގު ހެދުމުގެ 87 އިންސައްތަ ނިމިއްޖެ

ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އެ މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ފެން ހިންދުންމަށްޓަކައި ޕަމްޕް ސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް ވެސް ބުނެފައިވެ އެވެ. 

އެ މަޝްރޫއުގެ ދަށުން، 22،942 ސްކުއެއާ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމެއް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ 34.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!