ޑީއާރުޕީއަށް ދިމާވެފައިވާ މައްސަލަތައް އީސީން އޮޅުންފިލުވައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއެކު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޝްވަރާކޮށްފި އެވެ.

އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމުގައި ޑީއާރުޕީއަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނޭ ބޭފުޅުންނާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. 

ޑީއާރުޕީއަށް ދިމާވެފައިވާ ދަތިތައް އީސީން އޮޅުން ފިލުވުމަށް ބައްދަލުކުރިއިރު މިދިޔަ މަހުގެ ތެރޭގައި އީސީން ވަނީ ތިން އަހަރުގެ އޮޑިޓު ރިޕޯޓާއި، އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާތީ ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!