ރާއްޖޭގެ ދަރަނި 74 ބިލިއަން ރުފިޔާއަށް އަރައިފި

ރާއްޖޭގެ ޖުމްލަ ދަރަނި 73.9 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގަ އެވެ. އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގަ އެވެ.

ބޭރުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 55 ޕަސެންޓުގައެވެ. އެތެރޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 53 ޕަސެންޓުގަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ ދަރަނީގެ ނިސްބަތް ހުރީ ޖީޑީޕީ އާއި އަޅަބަލާއިރު 108 ޕަސެންޓުގައެވެ. ޖޫންމަހުގެ ނިޔަލަށް ތާއްޖޭގެ ޖީޑީޕީ ހުރި 68.3 ބިލިއަން ރުފިޔާގަ އެވެ.

އެއީ ފުރަތަމަ ކުއާޓާގައި ހުރި 69.4 ބިލިއަން ރުފިޔާގެ ދަރަންޏާ އަޅާބަލާއިރު ހަ ޕަސަންޓުގެ އިތުރުވުމެކެވެ. 

ދެވަނަ ކުއާޓާގައި އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގަ އެވެ. 

އޭގެ އިތުރުން ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީ ހުރީ 68.3 ބިލިއަން ރުފިޔާގައި ކަމަށް ވެސް މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ތަފާސްހިސާބުން ދައްކަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!