މަތީ ތައުލީމުގެ ތަފާސް ހިސާބު ފޮތް ނެރެފި

މިދިއަ އަހަރުގެ މަތީ ތައުލީމާއި ތަމްރީނުގެ އަހަރީ ތަފާސް ހިސާބު ހިމެނޭ ފޮތެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނެރެފި އެވެ.

ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

ރަސްމިއްޔާތުގައި މައުސޫމް ވިދާޅުވީ ގައުމެއް ތަރައްގީވުމުގައި އެންމެ ބޮޑު އެއް ދައުރެއް އަދާ ކުރަނީ މައުލޫމާތުގެ އަލީގައި ކަންކަން ނިންމުމުގެ ފުރުސަތު ފަހިވެގެން ކަމަށާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި އެއްމެ މުހިންމު ކަމަކީ މަތީ ތައުލީމާއި ތަމްރީނު ކަމަށެވެ.

މިއަދު ނެރުނު ފޮތުގައި ފާހަގަ ކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ގޮތުގައި ކޮލެޖް އަދި ޔުނިވާސިޓީތަކުން 2019 ވަނަ އަހަރު 843 ޕްރޮގްރާމެއް ހިންގާ މި ޕްރޮގްރާމްތަކުގައި 13،999 ދަރިވަރުން ބައިވެރިވެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!