އެކި ހިސާބު ތަކަށް ކުރަމުންދާވިއްސާރައިގައި ލިބޭ ގެއްލުމުގައިސިފައިން ދަނީ އެހީވަމުން

ފާއިތުވި 24 ގަޑިއިރު މާލެ އާއި އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އަތޮޅުތަކުގައި ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ. މިހާދިސާތަކާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގެއްލުންތައް ކުޑަކުރުމަށްޓަކައި އެކިހަލަ މަސައްކަތްތައް ފުލުހުންދަނީ ކުރަމުންނެވެ. ބައެއް ރަށްތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންވެފައެވެ.

ގެއްލުންވި ބައެއްރަށްތަކު ތެރޭގައި ހއ. އަތޮޅުގެ ރަށްތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު، ބާރަށާއި އިހަވަންދޫން ރުއްގަސްވެއްޓުމާއި ގޭގޭގެ ފުރާޅު ވަޔާ އެއްލާލައި ގެއެއްގެ ފާރު ވެއްޓިފައިވެއެވެ. މީގެ އިތުރުން ދިއްދޫ ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާއި، މަގުބައްތިއެއް ވެއްޓި ގެއެއްގެ އިންފާރުމައްޗަށް ގަހެއް ވެއްޓި ގެއްލުންވެފައިވެއެވެ.

އަދި މީގެ އިތުރުން ށ. އަތޮޅުގެ ރަށްތަކަށް ލިބުނު ގެއްލުމަށް ބަލާއިރު ފުނަދޫ އިމާރާތެއްގެ ފެންސް ވެއްޓިފައިވެއެވެ. އަދި މިލަންދުއާއި ނަރުދޫން ރުއްގަސް ވެއްޓިފައިވެއެވެ. އަދި ކޮމަންޑޫ ފުޓްސަލް ދަނޑުގައި ޖަހާފައިވާ ފެންސްގެ ބައެއް ވެއްޓުމުގެ އިތުރުން ފޯކައިދޫ ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާއި ރުއްގަސް ވެއްޓިފައިވެއެވެ. އެއަތޮޅުގެ އިތުރު ރަށް ތަކަށްވެސް ވަނީ ގެއްލުންވެފައެވެ.

އަދި މީގެ އިތުރުންވެސް އިތުރު ބައެއް އަތޮޅުތަކަށްވަނީ ގެއްލުންވެފައެެވެ

ރަށްރަށަށް ކުރިމަތިވި ހާދިސާތަކާ ގުޅިގެން ރަށުތެރެ ސާފުކޮށް އާއްމު ހާލަތަށް ގެނައުމުގައި ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލާއި ފުލުހުން ގުޅިގެންްވަނީ މަސައްކަތްކޮށްފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!