ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ކުރަން ޗައިނާ ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށް އާޒިމް ގޮވާލައްވައިފި

ދިކޮޅު ފަރާތްތަކަށް ފައިސާ ދީގެން ޗައިނާ ސަރުކާރުން ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ކުރުމަށް އިދިކޮޅުން ކުރާ މަސައްކަތަކީ ޗައިނާ ސަރުކާރުން ފައިސާ ހަރަދު ކޮށްގެން ކުރަމުންދާ މަސައްކަތެއްކަން ފާހަގަކުރަމުން ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވީ، މިފަދަ ނާޒުކު ހާލަތެއްގައި މުޅި ދުނިޔެ ވަނިކޮށް ޗައިނާއިން ރާއްޖޭގެ ސިޔާސީ ކަންތައްތަކަށް ބެހުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި އެކަން ހުއްޓާލުމަށް ޗައިނާގެ ސަރުކާރަށް ދަންނަވާ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު “ބޮޑު މަންޒަރު އަދި އޮތީ” ކަމަށް ބުނެ ދައްކަވާފައިވާ ވާހަކައަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ، ބޮޑު މަންޒަރު ކިތަންމެ ފަހަރަކު އޮތީ ފެނިފައި ކަމަށާއި އަލުން އަނބުރާ އެމްޑީޕީގެ ވެރިކަން ވައްޓާލާނެ ފުރުސަތު ރައީސް ވަހީދަށް ނުދެއްވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ކޮންމެ ފަހަރަކު އެމްޑީޕީގެ ވެރިކަމާ ތޮޅި، ބޭނުން ގޮތެއް ހަދަން އިދިކޮޅަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.

މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑްގެ ހާލަތުން އަރައިނުގަނެވި ހުރިހާ ގައުމުތަކެއް ބަލިމަޑުކަމެއްގައި ވަނިކޮށް ރާއްޖޭގެ ސަރުކާރާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމް، ޕީޕީއެންސީ ކޯލިޝަނުން ވަނީ މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އިދި ޑުކިޔަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!