ވަގަށްނެގި 3 ލައްކަ އަށްވުރެގިނަ ރުފިޔާ ވަޅުލާފައި ހުއްޓާ ހޯދައިފި

ލ. ކަލައިދޫ ގެއަކުން ވަގަށްނެގި 3 ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ފުލުހުން ބުނީ ކަލައިދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ކަމަށެވެ.

އިއްޔެ ފުލުހަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ފައިސާތައް ހޯދާފައިވަނީ ރަށުތެރޭގައި ވަޅުލާފައި ހުއްޓަ އެވެ. އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށް 352500 ރުފިޔާ ހޯދާފައި ވެއެވެ.

އަދި މައްސަލައާ ގުޅިގެން ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!