ވިއްސާރައިގައި ކޯޓުތަކަށް ތަފާތު ގެއްލުންތައްވަނީ ލިބިފައި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކޯޓުތަކަށް ތަފާތު ގެއްލުންތައް ލިބިފައިވާކަމަށާއި އެތަންތަން މަރާމަތު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ޖުޑީޝަރީންކުރި ޓުވީޓެއްގައި ބުނީ، 05 ސެޕްޓެންބަރުން ފެށިގެން، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަޙައްދުގައި ހުރި ކޯޓުތަކަށް ތަފާތު ގެއްލުން ވެފައިވާކަމަށެވެ. އަދި އެ ގެއްލުންތައް މަރާމާތުކޮށް އެ ކޯޓުތައް ޢާއްމު ޙާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ފެންބޮޑުވުންތަކުގެ ހާދިސާ ހިނގައި ގިނަ ރަށްތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!